Monday, 21 April 2008

ގައްދޫއަށް ގެންދަން ތައްޔާރުކޮށްފައި ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓުތަކަކާއެކު އުމުރުން 17 އަހަރުގެ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި

އަބްދުއްރަހްމާން

 

މަސްތުވާތަކެތި ކަމަށް ތުޙުމަތުކުރެވޭ އެއްޗެއްހުރި 311 ކުދި ރަބަރު ޕަކެޓާއެކު ޢުމުރުން 17 އަހަރުގެ ކުއްޖަކު ފުލުހުން ހޮނިހިރުދުވަހު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ މެންދުރު ގާތްގަނޑަކަށް 1:30 ހާއިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން އޭނާ މާލޭގައި ދިރިއުޅޭ ކޮޓަރި ފުލުހުން ޗެކްކޮށް ބެލިބެލުމުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި 311 ކުދި ރަބަރު ޕަކެޓް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނާގޮތުގައި މިތަކެތި ފުލުހުންނަށް ފެނިފައިވަނީ އޭނާ އުޅުނު ކޮޓަރީގެ ތެރޭގައި ހުރި ޑީވީޑީ ޕްލޭޔަރެއްގެ ތެރޭގައި ރައްކާކޮށްފައި ހުއްޓައެވެ. މިހާތަނަށް ބެލިބެލުމުން މިތަކެއްޗަކީ މަސްތުވާތަކެތީގެ ވިޔަފާރި ހިންގުމަށްޓަކައި ގދ. ގައްދޫއަށް ގެންދިއުމަށް ތައްޔާރުކޮށްފައިވާ ތަކެތިކަން ތަޙުޤީޤަށް ވަނީ އެނގިފައިކަމަށް ފުލުހުން ބުނެއެވެ.




--
_______

Ahmed Moosa (Sappe')
Dhivehi Observer :: The People's Press
www.dhivehiobserver.com
Email: dhivehiobserver@gmail.com
Mobile (UK) + 44 7932 939 103

No comments: