Monday, 14 April 2008

ރ. އަތޮޅު މަޑުއްވަރީން ފުރައިގެން މަނަދޫއަށް ދިއުމަށް ދަތުރުކުރި ބޯޓެއް މަނަދޫ ކަނޑިންމައިގެ އިރުމަތީ ފައިކަށްޓަށް އަރައިފި

އަބްދުއްރަހްމާން

 

ރ. އަތޮޅު މަޑުއްވަރީން ފުރައިގެން ނ. އަތޮޅު މަނަދޫއަށް ދިއުމަށް ދަތުރުކުރި ''ދޮންވެލި'' ނަމަކަށް ކިޔާ ބޯޓެއް މަނަދޫ ކަނޑިންމައިގެ އިރުމަތީ ފައިކަށްޓަށް އަރައިފިއެވެ. ރޭ ގާތްގަނޑަކަށް 8:00 ހާއިރު ފުލުހުންނަށް މިމަޢުލޫމާތު ލިބުމާ ގުޅިގެން މަނަދޫގެ ބައެއް ރައްޔިތުންނާއި މަނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން އެބޯޓް ކައިރިއަށް ގޮސް އެބޯޓްގައިވާ މީހުން ސަލާމަތްކޮށް އެބޯޓް ފުންކުރުމުގެ މަސައްކަތް ވަނީ ފަށާފައިކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ރޭގާތްގަނޑަކަށް 2:15 ހާއިރު އެބޯޓު ވަނީ މަނަދޫގެ ރައްޔިތުންގެ އެހީތެރިކަމާއެކު ފުންކޮށްފައެވެ. އެބޯޓް އަރާފައިވަނީ މަނަދޫ ކަނޑިންމައިގެ އިރުމަތީ ފައިކަށްޓަށް ގާތްގަނޑަކަށް 8 ފޫޓަށްކަމަށް ފުލުހުން ބުނެއެވެ.

މިބޯޓުގައި ގިނަ އަދަދެއްގެ ހިލަވެއްޔާއި ދަގަނޑު ހުރިކަމަށާއި އަދި މިބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށް ފުލުހުން ބުނެއެވެ. އަދި މުދަލަށާއި ބޯޓަކަށްވެސް ބޮޑު ގެއްލުމެއް ލިބިފައެއް ފުލުހުން ބުނެއެވެ.

No comments: